Zero Degree Envaguvi Lyrics

އޮޑި ހައްޔަރު ކޮށް
މަބެލީ އޮއިވަރު
އެންދާ ޖެހުމަށް
ބަލަ އެންކެޔޮޅާ
މުގުރާން ތިލަވޭ
އޮއްބާ ދަންޑިތައް
ކޮޅުފަސް ބަލާ

އެންގަޑު ދުވެލީ
މަޑުމަޑު ގޮތަކަށް
ފީނަންފެށީ
ވަގުވާ ގޮތަކަށް
ފަޅުވެރި ކުދިން
ފިލިމަށް ހާއްކާ
އިސްމެއް ކިޔާ

ކުރުނބާ މަތުރާ
ހަރުކޮށް ކިޔަވަން ފެށީ

ދިރުނބާމަތިން
ކަޅިޔެއް އެއްލާބެލީ

ވިސްނާ...

ހަސަނާ އުޅެމާ
ރަތުރުކު ކުރުނބާ
އަތުޖައްސަމާ
އުޑުމަތި ބަލަމާ
ފީނާ އަރާ
ވަލުތެރެ ހޯދާ
ވަގު ރުކު އެޅީ

ޚަންދަގު މަތިން
އިހަލެއް ބާނަން
އޮއްވާ ހަސަނާ
ބުނެލީ ގާތުން
ނަމަނަމަ ދަރިޔާ
ފިޔަވަޅު ނާޅާ
ދަމަމުން ކުރުނބާ

ހައވާފުޅުގޮސް
ގޭމެދު އޮޅިޔަށް
ދެމިފައި ބުނީ
ކަފުނެއް ހޯދާ
ބޮކަރާ ކެލަޔާ
ހުދު ކާފޫރާ
އަތްމަތި ކުރޭ

ކުރުނބާ މަތުރާ
ހަރުކޮށް ކިޔަވަން ފެށީ

ދިރުނބާމަތިން
ކަޅިޔެއް އެއްލާބެލީ

ވިސްނާ...

See also:

95
95.23
reospected wagon Can't fict this feeling Lyrics
Fernand Gignac L'eau vive Lyrics